ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް މެމްބަރު ކުޑޫ ސިޓީއެއް ފޮނުއްވައިފި

ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް މެމްބަރު ކުޑޫ ސިޓީއެއް ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
30 އޮކްޓޯބަރ 2025 08:51
0

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން އިއްޔެ މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައީސް ޑރ. މުޢިއްޒު އިއްޔެ ވަނީ ރިޔާޒާއި އިތުރު ޑެޕިޔުޓީ ކޮމިޝަނަރެއް ކަމަށްވާ އަބްދުﷲ ވަހީދު މަގާމުން ވަކިކުރައްވާފަ އެވެ. "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާ ހިލާފަށް ސިނގިރޭޓު ކާޓޫނު އެތެރެކުރި މައްސަލައިގައި މަޖިލީހުގެ ސަލާމަތީ ކޮމިޓީން ލަފާދިން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރިޔާޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ރިޔާޒަކީ 33 އަހަރު ވަންދެން އިޚްލާޞްތެރިކަމާއެކު ކަސްޓަމްސްގައި ޚިދުމަތްކުރައްވާފައިވާ، ނުރަނގަޅު ރެކޯޑެއް ނެތް ބޭފުޅެއް ކަމަށެވެ. ރިޔާޒު ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ދުވަހަކުވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، "މާތްﷲ ގަންދީ ހުވާކުރަން، އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން" ކަމަށެވެ. ރިޔާޒުގެ ދިފާޢުގައި ކަސްޓަމްސްގެ ގިނަ މުވައްޒަފުން ސޯޝަލް މީޑިއާގައި އަންނަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.