ޕީއެންއެފްގެ ގައުމީ ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި

ޕީއެންއެފްގެ ގައުމީ ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި

Author
ޙަސަން މުޙައްމަދު
30 އޮކްޓޯބަރ 2025 04:22
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ގައުމީ ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. ރޭގަނޑު 8:30 ގައި ފަށާ މި ޖަލްސާގައި ޕާޓީގެ ވެރިންނާއި 14 ސެނެޓް މެންބަރުން ހޮވަން ވޯޓުލާނެ އެވެ.

ޕާޓީގެ ހުރިހާ މެންބަރުންނަށް ދައުވަތު ދީފައިވާ މި ޖަލްސާގައި ބައިވެރިވުމަށް ރަސްމީ ހެދުން އަޅައިގެން ހާޒިރުވުން ލާޒިމްކޮށްފައިވެ އެވެ. އަންހެނުން ދިގު ހެދުމުގައި ފެނިގެންދާން ޖެހޭއިރު، ފިރިހެނުން ހުދު ގަމީހާއާއި ޓައި އަޅައިގެން ހާޒިރުވާން ޖެހެ އެވެ.

ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި ކަމަށްވާއިރު، ދެ ނައިބު ރައީސްކަމާއި، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓްރާ އަދި ހަޒާންދާރުގެ މަގާމުތަކަށް ވެސް އިންތިހާބު ބާއްވާނެ އެވެ. މި މަހުގެ 23 ގައި ސުންގަޑި ހަމަވި އިރު، 20 މަގާމަށް 55 މީހުން ކުރިމަތިލިކަން ޕާޓީން ހާމަކޮށްފައިވެ އެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި އީސީން ރަޖިސްޓްރީކޮށްދިން ޕީއެންއެފަކީ 2024 ވަނަ އަހަރުގެ އެޕްރީލް 25 ގައި ރަސްމީކޮށް އުފެއްދި ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.