ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ މަސައްކަތް އަލަށް އުފެއްދި މީޑިއާ އެންޓް ބްރޯޑްކާސްޓިންގ ކޮމިޝަނާ ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ކުރިން ނިންމި ގޮތަށް މީޑިއާތަކަށް ފައިސާ ދޫކުރުމާމެދު ބައެއް މީޑިއާތަކާއި އަމިއްލަ ފަރާތްތަކުން ޝަކުވާ އުފެދުމުން އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ ހުރިހާ ކަމެއް މިނިވަންކަމާއެކު ކުރުމަށް އެންމެ އެކަށީގެންވަނީ މީޑިއާ ކޮމިޝަނުން ކަމަށް މިނިސްޓްރީން ދެކޭ ކަމަށް ބުނެފައި ވެއެވެ. މިގޮތުން، ސެޕްޓެމްބަރު 11 އަދި ސެޕްޓެމްބަރު 25 ގައި ޔޫތު މިނިސްޓްރީން ކުރި އިއުލާންތައް ބާތިލުކޮށް، އެ އިއުލާންތަކުގެ ދަށުން އެކުލަވާލި އިޤްރާރުތައް ވެސް ބާތިލު ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދުމާއެކު މި ނިންމުން ނިންމީ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ