18 މީޑިއާއަކަށް ދައުލަތުން 27.9 މިލިއަން ރުފިޔާގެ އެހީ

18 މީޑިއާއަކަށް ދައުލަތުން 27.9 މިލިއަން ރުފިޔާގެ އެހީ

Author
ޙަސަން މުޙައްމަދު
29 އޮކްޓޯބަރ 2025 07:24
0

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުން ދޫކުރަން ނިންމި މާލީ އެހީގެ ގޮތުގައި 18 މީޑިއާއަކަށް ޖުމުލަ 27.9 މިލިއަން ރުފިޔާ ދިނުމަށް މިއަދު ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުން ފުރަތަމަ ފަހަރަށް އަމިއްލަ މީޑިއާތަކަށް ބަޖެޓުން ފައިސާ ދޫކުރުމަށް ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެދުނު މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވި މީޑިއާތަކުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެންމެ ގިނަ ފައިސާ ލިބުނީ ސަންގު ޓީވީއަށް ކަމަށްވާ 3.8 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން ލިބުނީ ވީޓީވީއަށް ކަމަށްވާ 3 މިލިއަން ރުފިޔާއެވެ. އެސްއެސްޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބުނުއިރު، ވަން އޮންލައިން، ވޮއިސް އެމްވީ، ދަ ޕްރެސް، ސަން އޮންލައިންއާއި ސަންގު އޮންލައިން ފަދަ މީޑިއާތަކަށް 1.3 އިން 1.37 މިލިއަން ރުފިޔާގެ ތެރޭގައި ފައިސާ ލިބިފައިވެއެވެ. އެއީގެ އިތުރުން ދައުރު ނޫސް، މިހާރު ނޫސް، ތިލަދުން، އަދަދު ނޫސް، ތީރު މީޑިއާ، ވީނިއުސް އެމްވީ، ދިޔަރެސް، ގާފު އޮންލައިންއަށާއި މާލްދީފް އޮންލައިންއަށް ވެސް ފައިސާ ލިބިފައިވެއެވެ.

މި އަހަރު ފާސްކުރި ބަޖެޓުގައި މީޑިއާތަކަށް އެހީވުމަށް ދައުލަތުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ހިމަނައިފައިވާއިރު، މިއީ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ފުރަތަމަ އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.