ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮދުޢާ ފޮނުއްވައިފިއެވެ. ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ އިޖުތިމާޢީ އަދި އިޤުތިޞާދީ ދާއިރާތަކުން ތުރުކީގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިޔުމަށް އެދޭ ކަމަށެވެ. އަދި ދުނިޔޭގެ ތަފާތު ސަރަޙައްދުތަކުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ތުރުކީން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އިތުބާރުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، ދެ ޤައުމުގެ ދެމެދު އޮތް އަހުލުވެރިކަން ދުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިން ތުރުކީން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރިއެވެ. ރާއްޖެއާއި ތުރުކީއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1979 ވަނަ އަހަރު މެއިމަހުގެ 28 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ