ކަސްޓަމްސްއަށް ފައިސާ ނުދައްކާ 600 އަށްވުރެ ގިނަ ފަރާތެއްގެ ލިސްޓް އާއްމުކޮށްފި، އެންމެ ކުރީގައި ސަލްޓަންސް

ކަސްޓަމްސްއަށް ފައިސާ ނުދައްކާ 600 އަށްވުރެ ގިނަ ފަރާތެއްގެ ލިސްޓް އާއްމުކޮށްފި، އެންމެ ކުރީގައި ސަލްޓަންސް

Author
ހުސެއިން
28 އޮކްޓޯބަރ 2025 08:30
0

މޯލްޑިވްސް ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހިފައި ދިގުމުއްދަތަކަށް ފައިސާ ނުދައްކާ އޮތް 600 އަށްވުރެ ގިނަ ފަރާތެއްގެ ލިސްޓެއް އެ އިދާރާއިން އާއްމުކޮށްފިއެވެ. މި ލިސްޓްގައި އެތައް އަހަރެއްވަންދެން ފައިސާ ދައްކާނުލައި ހުރި ފަރާތްތައް ހިމެނޭއިރު، އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ސަލްޓަންސް އޮފް ދަ ސީސް ކުންފުންޏަށެވެ.

ސަލްޓަންސް ކުންފުނިން 2007 އާއި 2008 ގައި ދެ ލޯންޗެއް އޮޅުވާލައިގެން އެތެރެކުރުމުން އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. 2020 ވަނަ އަހަރު ސްޕްރީމް ކޯޓުން އެއީ ކުންފުނިން ދައްކަންޖެހޭ ފައިސާއެއްކަމަށް ހުކުމްކޮށްފައިވެއެވެ. ދެވަނަ ނަންބަރުގައި ހިމެނެނީ ވޭޕް އެތެރެކުރުމުގެ މައްސަލާގައި ޖޫރިމަނާކުރި މާފިނިވާގޭ އަޝްރަފް ރަޝީދު ކަމަށްވާއިރު، އޭނާ ދައްކަންޖެހެނީ 72.2 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ލިސްޓްގައި ހިމެނޭ ބޮޑު ބައެއްގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ނުދައްކާ މީހުންނާއި ދުންފަތާއި ވޭޕްގެ އުފެއްދުންތައް އެތެރެކުރުމުން ކޮށްފައިވާ ޖޫރިމަނާ ދައްކަންޖެހޭ ފަރާތްތައް ހިމެނެއެވެ. މީގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންގެ އާއިލާއަށް ނިސްބަތްވާ މީހުންނާއި ރާއްޖެއިން ބޭރުގެ މީހުން ވެސް ހިމެނެއެވެ. ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކޮންމެ ދެމަހަކުން އެއްފަހަރު މިފަދަ ލިސްޓެއް އާއްމުކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.