ކައިގެން ބިލް ނުދައްކައި ފިލުމުގެ ރެކޯޑް އޮތް ކުށްވެރިއަކު އަނެއްކާ ވެސް ހައްޔަރުކޮށްފި

ކައިގެން ބިލް ނުދައްކައި ފިލުމުގެ ރެކޯޑް އޮތް ކުށްވެރިއަކު އަނެއްކާ ވެސް ހައްޔަރުކޮށްފި

Author
ހުސައިން
28 އޮކްޓޯބަރ 2025 01:13
0

ރެސްޓޯރެންޓުތަކުން ކެއުމަށްފަހު ބިލް ނުދައްކައި ފިލާ ތަކުރާރު ކުށްވެރިއެއް، އާދީއްތަ ދުވަހު އަނެއްކާ ވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. 25 އަހަރުގެ މި ޒުވާނާއަކީ މިއަހަރު ތިން ފަހަރަށް މިފަދަ ކުށެއް ކޮށްފައިވާ މީހެކެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކުރި މި ޒުވާނާ ކޯޓުގައި ބުނީ ބަނޑުހައިވެގެން ކެއީކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ދިރިއުޅޭނެ ތަނެއް ނެތް ކަމަށާއި ބީޗުތަކުގައި ނިދާކަމަށެވެ. ވަޒީފާއެއް ނުކުރާ އެ ޒުވާނާ ބުނީ އާއިލާއާ ވާހަކަ ނުދައްކާކަމަށާއި ގިނަ ފަހަރަށް ސަލާން ޖަހައިގެން ކާކަމަށެވެ.

ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ބިލް ނުދައްކައި ފިލުމުގެ އިތުރުން ވައްކަމާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ރެކޯޑް ވެސް އޭނާގެ އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.