ފޭދޫގެ ބޮޑު އަޢުލަބިއްޔަތެއް ބޭނުމީ އައްޑޫ ކައުންސިލްގެ ދަށުގައި ތިބެން، ހުޅުދޫއާ މީދޫން ބޮޑު އަޢުލަބިއްޔަތެއް ބޭނުމީ ވަކިވާން

ފޭދޫގެ ބޮޑު އަޢުލަބިއްޔަތެއް ބޭނުމީ އައްޑޫ ކައުންސިލްގެ ދަށުގައި ތިބެން، ހުޅުދޫއާ މީދޫން ބޮޑު އަޢުލަބިއްޔަތެއް ބޭނުމީ ވަކިވާން

Author
ޙަސަން މުޙައްމަދު
25 އޮކްޓޯބަރ 2025 05:29
0

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތާ ބެހޭ ގޮތުން މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ފޭދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން ކަމަށް ފާހަގަވެއެވެ. ނަމަވެސް ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގައި ވެސް ވަކި ކައުންސިލްތައް އުފެއްދުމަށެވެ.

މިހާތަނަށް ފޭދޫން ގުނައި ނިމިފައިވާ ފަސް ވޯޓު ފޮށީގެ ނަތީޖާތަކުން ދައްކާ ގޮތުން ވަކި ކައުންސިލެއް އުފެއްދުމަށް 372 މީހުން ވޯޓު ދީފައިވާއިރު، 1،015 މީހުން ވޯޓު ދީފައިވަނީ ވަކި ކައުންސިލެއް ބޭނުން ނުވާކަމަށެވެ. މިއީ ފޭދޫގައި ވަކި ކައުންސިލަކަށް ދެކޮޅު ބޮޑު އަޣުލަބިއްޔަތެކެވެ.

ހުޅުދޫން މިހާތަނަށް ތިން ވޯޓު ފޮށި ގުނައި ނިމިފައިވާއިރު، ވަކި ކައުންސިލެއް އުފެއްދުމަށް 351 މީހުން ވޯޓު ދީފައިވާއިރު، 151 މީހުން ވޯޓު ދީފައިވަނީ ނުބޭނުންކަމަށެވެ. މީދޫ ރައްޔިތުން ވެސް ބޭނުންވަނީ ވަކި ކައުންސިލެއް އުފެއްދުމަށް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.