ވިއެޓްނާމް ދަތުރުފުޅުގައި ހަލީލު އެގައުމުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި

ވިއެޓްނާމް ދަތުރުފުޅުގައި ހަލީލު އެގައުމުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި

Author
ހުސައިން
25 އޮކްޓޯބަރ 2025 08:19
0

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ބުއި ތަންސޮންއާ ބައްދަލުކުރައްވައިފި އެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ހަލީލު އެކްސްގައި ޕޯސްޓު ކުރައްވައި ވިދާޅުވީ ދެގައުމުގެ ގުޅުން ރަނގަޅުކޮށް، ރައްޔިތުންގެ ފައިދާއަށް އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މިނިސްޓަރު ހަލީލު ވިއެޓްނާމަށް ވަޑައިގެންފައިވަނީ އދ. އިން އާކުރި ސައިބަރ ކުށުންތަކާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށެވެ. މި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި މުހިންމު ފުރުސަތެއްގެ ގޮތުގައި ދެބަސްވެރިން ސިފަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.