ސަރުކާރުގެ އަމާޒަކީ މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން

ސަރުކާރުގެ އަމާޒަކީ މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 10:59
0

ސަރުކާރުގެ އަމާޒަކީ މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރު ކަމުގައި ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ މަސައްކަތެއް ކުރުމަށް އ.ދ އިން ކަނޑައަޅާފައިވަނީ، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވުމުން ކަމަށެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "My Voice: Our Equal Future" މި ޝިޔާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހައި، ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުޙިއްމުކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުޞަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާޞިލުވާ ސިޔާސަތުތަކަށްވުމެވެ.

މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުންވެސް، އަދި ހަމަ އެހެންމެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންވެސް ބާރުއަޅާކަމެއް. އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މައިގަނޑު މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން. ޖެންޑާ މިނިސްޓްރީ ބަޔާނުގައި ވެއެވެ.

ހަމަ މިއާއި އެކު އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އެމިނިސްޓްރީން ވަނީ ދެއްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.