މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު މެޓް އޮފީހުން ވަނީ މިރޭ 8:30 އާ ހަމައަށް އިތުރުކޮށްފައެވެ. ފުރަތަމަ ސަމާލު ދިނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.
މި ސަމާލުގެ ދަށުން، އާންމުކޮށް ގަޑިއަކު 25 އިން 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ