ހުޅުމާލޭ ހިޔާ ޓަވަރެއްގައި އަލިފާން ރޯވެ އެޕާޓްމަންޓެއްގެ ބެލްކަނީއަށް ގެއްލުން ވެއްޖެ

ހުޅުމާލޭ ހިޔާ ޓަވަރެއްގައި އަލިފާން ރޯވެ އެޕާޓްމަންޓެއްގެ ބެލްކަނީއަށް ގެއްލުން ވެއްޖެ

Author
ހުސައިން
22 އޮކްޓޯބަރ 2025 01:22
0

މިއަދު މެންދުރު ހުޅުމާލޭ ފޭސް 2ގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، އެޕާޓްމަންޓެއްގެ ބެލްކަނީއަށް ބައެއް ގެއްލުންތައް ވެއްޖެ އެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް މައުލޫމާތު ލިބުނު ގޮތުގައި، ހާދިސާ ހިނގީ އެ ޓަވަރުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވުމުންނެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 11:25 ހާއިރުއެވެ.

މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަފައިޓަރުން އަވަހަށް އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.