ގަމަށް ބަދަލުވި މުންޑޫ އާއި ކަޅައިދޫ މީހުންނަށް ބައި ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ގަމަށް ބަދަލުވި މުންޑޫ އާއި ކަޅައިދޫ މީހުންނަށް ބައި ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Author
ޙަސަން މުޙައްމަދު
22 އޮކްޓޯބަރ 2025 10:59
0

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ، ސުނާމީއަށް ފަހު ލ. ގަމަށް ބަދަލުވި މުންޑޫ އާއި ކަޅައިދޫ މީހުންނަށް ބަދަލުގެ ގޮތުގައި ކޮންމެ މީހަކަށް 50،000 ރުފިޔާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައެވެ.

ރޭ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ ރަށަށް ހިޖުރަކުރި މީހުންނަށް އިންސާފު ގާއިމުކޮށްދިނުމަށް ވަރަށް އަވަހަށް ފައިސާ ހަވާލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ފައިސާ ހޯދުމަށް އެދި 165 މީހުން ލިޔުންތައް ހުށަހަޅާފައިވާ ކަމަށާއި، އެއަށް ވާވަރަށް ފައިސާ މިހާރު ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކަމާ ގުޅޭ އިދާރާތަކުން ވަރަށް އަވަހަށް ޓީމުތައް އެ ރަށަށް ގޮސް މައުލޫމާތު ހޯދާނެ ކަމަށާއި، އެއަށް ފަހު ކޮންމެ މީހަކަށް ބައި ލައްކަ ރުފިޔާގެ މަގުން ޖުމްލަ 8.45 މިލިޔަން ރުފިޔާ ޖަމާކުރައްވާނެ ކަމަށެވެ. މީގެ 10 އަހަރު ކުރިން ގަމަށް ބަދަލުވި އާއިލާތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭނެ ކަމަށް ކުރީގެ ސަރުކާރުން ވެސް ބުނެފައިވާ ނަމަވެސް، އެކަން ހާސިލުވެފައެއް ނުވެއެވެ.

އެއާ އެކު ރައީސް ވަނީ، ގަމުގައި 300 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. މި ނިންމެވުމުގައި އެ ރަށުގައި އަލަށް ސޮއިކުރި 100 ހައުސިން ޔުނިޓާއި، މިހާރު ހިނގަމުންދާ 100 ހައުސިން ޔުނިޓުގެ މަސައްކަތާއި، އިތުރު 100 ހައުސިން ޔުނިޓް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.