13 ސިގްރެޓް ގެއްލުނު މައްސަލާގައި ހައްޔަރުކުރި މުއާޒުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

13 ސިގްރެޓް ގެއްލުނު މައްސަލާގައި ހައްޔަރުކުރި މުއާޒުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

Author
އަހުމަދު
20 އޮކްޓޯބަރ 2025 07:37
0

އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިގްރެޓް ގެއްލުނު މައްސަލާގައި ހައްޔަރުކުރި މުއާޒު އަލީގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައިވާއިރު، އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ ފަސް ދުވަހެވެ.

މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންވެސް ހިމެނެއެވެ. އެއީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އެވެ. އަދި ހުޅުމާލެ ޕޯޓުގައި މަސައްކަތް ކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލްވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވެއެވެ. މުއާޒު ފިޔަވައި ދެން ތިބި ތިން މީހުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.