ޣައްޒާގެ ދެކުނުގައި އިސްރާއީލު ސިފައިންގެ ދެ މީހަކު މަރާލައިފި އެވެ. މި ހާދިސާގައި މަރުވި ދެ ސިފައިންނަކީ 26 އަހަރުގެ މޭޖާ ޔާނިވް ކުލާ އާއި 21 އަހަރުގެ ސާޖަންޓް އިޓައި ޔަވެޓްޒް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެ އެވެ. މި ދެ ސިފައިންނަކީ ނަހަލް ބްރިގޭޑްގެ 932 ވަނަ ބެޓެލިއަންގެ ބައެކެވެ.
މި ހާދިސާގައި ސިފައިންގެ އިތުރު މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާއަކީ ރިޒާވް ފޯސްގެ މީހެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެ އެވެ. އަނިޔާވި މި ސިފައިން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓު ފޮނުވާ