މޫސުން ގޯސްވެ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

Author
ޙަސަން މުޙައްމަދު
16 އޮކްޓޯބަރ 2025 09:21
0

މޫސުން ގަދަވެ ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ މޫސުމާ ބެހޭ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ ދަންވަރު 2:00އާއި ހަމައަށެވެ.

މި މުއްދަތުގައި ގަޑިއަކު 19 އިން 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވާރޭ ވެހޭތީ، މޫސުމަށް ސަމާލުވެ ކަނޑު ދަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.