މަރުވެފަައިވާ ބައެއް ރަހީނުންގެ ހަށިތައް ރައްދު ނުކޮށްގެން އެހީތަކެތި ޢައްޒާއަށް ވެއްދު މަދުކޮށްފި

މަރުވެފަައިވާ ބައެއް ރަހީނުންގެ ހަށިތައް ރައްދު ނުކޮށްގެން އެހީތަކެތި ޢައްޒާއަށް ވެއްދު މަދުކޮށްފި

Author
ޙަސަން މުޙައްމަދު
15 އޮކްޓޯބަރ 2025 09:48
0

ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ހަމައެކަނި އެއްގަމު ބޯޑަރު ކަމަށްވާ ރަފަހް ބޯޑަރު މިއަދު ހުޅުވާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކަން ބުނި ނަމަވެސް، ހަމާސް އިން ހަވާލުކުރި އަސީރުންގެ ހަށިތަކުގެ ތެރެއިން އެކަކީ މަރުވި އަސީރެއްގެ ކަށިތައް ނޫން ކަމަށް ބުނެ އިޒްރޭލުން ވަނީ އެ ބޯޑަރު ހުޅުވުމަށް ފަސްކޮށްފިއެވެ. އަދި މަރުވެފައިވާ ހުރިހާ ރަހީނުންގެ ހަށިތައް ރައްދު ނުކޮށްގެން ކަމަށް ބުނެ އިޒްރޭލުން ވަނީ ޢައްޒާއަށް އެހީ ވެއްދުންވެސް މަދުކޮށްފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ދިރިތިބި އަސީރުން ހަމާސް އިން މިނިވަންކުރުމަށްފަހު، އިއްޔެ އާއި މިއަދު އަށް މީހެއްގެ ހަށިގަނޑު އިޒްރޭލާ ހަވާލުކޮށްފައިވެ އެވެ. މި ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަންކުރުމާއި 45 މީހެއްގެ ހަށިގަނޑު ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އިޒްރޭލުން ބުނީ ހަމާސް އިން ހަވާލުކުރި ހަށިތަކުގެ ތެރެއިން އެކަކީ އަސީރުންގެ ލިސްޓުގައި ހިމެނޭ މީހަކު ނޫން ކަމަށެވެ.

އިޒްރޭލުގެ ސިޔާސީ މީހުން ގެންދަނީ މިއީ ހަމާސް އިން އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެ، ރަފަހް ބޯޑަރު ނުހުޅުވާ ބެހެއްޓުމަށާއި އެހީއަށް ހުރަސްއެޅުމަށް ގޮވާލަމުންނެވެ. އެހީގެ ޖަމާއަތްތަކުން ބުނީ ބޯޑަރު ހުޅުވާފައިނުވާ ކަމަށާއި، އިޒްރޭލު ސަރުކާރުގެ ތަރުޖަމާނު ވެސް މިކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުދޭ ކަމަށެވެ.

އދ.ގެ ހިއުމެނިޓޭރިއަން ސެކްރެޓަރީ ޓޮމް ފްލެޗާ ވަނީ، އެއްބަސްވުމާ އެއްގޮތަށް ފަލަސްތީނަށް އެހީ ފޯރުކޮށްނުދެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަމާސް އިން އެއްބަސްވި ހަށިތައް ވަގުތުން ހަވާލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން ކޮންމެ ހަފްތާއަކު އެތައް ހާސް ޓްރަކަކުން އެހީ ވައްދަން ހުއްދަދީ، އިތުރު އެންޓްރީ ޕޮއިންޓްތައް ހުޅުވަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.