ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްފި

ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްފި

Author
ހުސައިން
13 އޮކްޓޯބަރ 2025 10:34
0

ށ. ގޮއިދޫގައި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ނިންމައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކުރައްވައިފިއެވެ. ގޮއިދޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން އާއި ދައުލަތުގެ ވަޒީރުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

89.05 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ގޮއިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅިތައް އަޅައި، ފެން ރައްކާކުރާ ތާންކިތައް ބަހައްޓައި، ބޯހޯލްތައް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ގޭގެގައި ޖަންކްޝަން ބަހައްޓައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު، ނިޒާމް ހިންގުމަށް ބޭނުންވާ ވެހިކަލްތައް ވެސް ފޯރުކޮށްދީފައިވެއެވެ. ކޮންސްޓްރަކްޝަން، ހައުސިން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ސަބަބުން ގޮއިދޫ ރައްޔިތުންނަށް މިހާރު ފަސޭހަކަމާއެކު ސާފު ފެނާއި ނަރުދަމާ ނިޒާމް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.