އައްޑޫ ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އިއުލާންކޮށްފި

އައްޑޫ ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އިއުލާންކޮށްފި

ގުޅުންހުރި

އައްޑޫ ސިޓީގެ ހަންކެޑޭގައި 1،000 އެނދުގެ ރިސޯޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ރައީސް މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ ޑިސެންބަރުގައި ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ނިންމަވައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް އެރަށް ކުއްޔަށް ދީފައިވެ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިދިޔަ އަހަރު މި މަޝްރޫއު އަލުން އިއުލާންކޮށް ބިންގާ އަޅައި، ޗައިނާގެ ސީއެންއީއީސީ ކުންފުންޏާ ހަވާލުކުރެއްވި އެވެ. ފަހުން މިއަހަރުގެ ޖޫން މަހު ހަންކެޑެ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވި ނަމަވެސް، އައްޑޫގެ މެންބަރުންނާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އާ ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމަވައި، އެރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ