ކަސްޓަމްސްގެ ކުރީގެ އޮފިސަރަކު ރިޝްވަތަށް އެދުމުގެ ކުށުގައި ދައުވާކުރަން ފޮނުވައިފި

ކަސްޓަމްސްގެ ކުރީގެ އޮފިސަރަކު ރިޝްވަތަށް އެދުމުގެ ކުށުގައި ދައުވާކުރަން ފޮނުވައިފި

Author
ހުސައިން
12 އޮކްޓޯބަރ 2025 11:39
0

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީގެ މައްޗަށް ރިޝްވަތަށް އެދުމުގެ ކުށުގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ ބުދަ ދުވަހު ފޮނުވައިފި އެވެ.

އޭސީސީން ބުނީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެއަށް އެތެރެކުރި 450 ސިނގިރޭޓް ކޭސް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓިފައިވާއިރު، އޭގެ ތެރެއިން 430 ކޭސް ރީ-އެކްސްޕޯޓްކުރުމަށް އިޖުރާއަތުތައް ފުރިހަމަކޮށް ދޫކޮށްފައިވީ ނަމަވެސް އެ ސިނގިރޭޓްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާކަމަށެވެ. ކަސްޓަމްސްއިން ބަލަމުންދިޔަ މި މައްސަލަ އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ ބަދަލުގައި، އެ ކުންފުނީގެ ދެ މީހަކުގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހާމަވެފައިވާކަމަށް އޭސީސީން ބުންޏެވެ.

ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް އޭސީސީން ކޮށްދިނުމަށް އެދިފައިވަނީ އެނގިހުރެ މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި، އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.