މިއަހަރުގެ ބާ އިމްތިހާނުގައި 136 ފަރާތަކު ބައިވެރިވެއްޖެ

މިއަހަރުގެ ބާ އިމްތިހާނުގައި 136 ފަރާތަކު ބައިވެރިވެއްޖެ

Author
ޙަސަން މުޙައްމަދު
11 އޮކްޓޯބަރ 2025 08:47
0

ރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރި މި އަހަރުގެ ބާ އިމްތިހާނުގައި 136 ކެންޑިޑޭޓުން ބައިވެރިވެއްޖެއެވެ. މި އިމްތިހާނު ބާއްވާފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައެވެ.

2022 ވަނަ އަހަރު ތައާރަފްކުރި މި އިމްތިހާނު އަހަރަކު އެއްފަހަރު ބާއްވަމުން އަންނައިރު، މިހާތަނަށް ޖުމްލަ 641 ފަރާތަކުން ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ. މި އިމްތިހާނުގެ އެންމެ މުހިންމު މަޤްސަދަކީ އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރު ހުރިކަން ކަށަވަރުކުރުމެވެ.

މި އަހަރުގެ އިމްތިހާނުގައި ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ލޭންޑް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމް ހިމެނޭ ހަ ދާއިރާއިން 120 މަލްޓިޕްލް-ޗޮއިސް ސުވާލު އިނގިރޭސި އަދި ދިވެހި ބަހުން ހިމަނާފައިވެއެވެ. އިމްތިހާނުގެ ސިލަބަސް އެކުލަވާލަނީ ތަޖުރިބާކާރު ވަކީލުންނާއި، ގާނޫނީ ތަޢުލީމު ދޭ ބޭފުޅުންނާއި، ފަނޑިޔާރުން ހިމެނޭ ކޮމިޓީ އޮފް އެކްސްޕަރޓްސް އިންނެވެ.

ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކު ރީޑިން ލިސްޓް ޝާއިއުކޮށް، އޮރިއެންޓޭޝަން ސެޝަނާއި، ލެކްޗަރުތައް އިންތިޒާމުކުރެއެވެ. ލޯ ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން ބާ އިމްތިހާނުން ފާސްވުމަކީ ޝަރުޠެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.