އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހާދު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް، ފައެނާ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގިފައިވެއެވެ. އެ ދެ މީހުންގެ ތެރެއިން ފައެނާ ޝަރުތުތަކާއެކު ދޫކޮށްލިނަމަވެސް އޭނާގެ ފިރިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާކަން ފުލުހުން ހާމަކުރެއެވެ.
ފައެނާ އަކީ އެޓާނީ ޖެނެރަލް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާއަށް ވާއިރު، އެ އޮފީހުގެ އިސް ބައެއް މަގާމުތައް މީގެ ކުރިން އޭނާ ފުރުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ