ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ކުރީގެ ފަނޑިޔާރު ޓެކްސް އެޕީލް ޓްރައިބުނަލަށް އައްޔަން ކުރުމަށް މަޖިލީހުން ފާހެއް ނުވި

ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ކުރީގެ ފަނޑިޔާރު ޓެކްސް އެޕީލް ޓްރައިބުނަލަށް އައްޔަން ކުރުމަށް މަޖިލީހުން ފާހެއް ނުވި

Author
ޙަސަން މުޙައްމަދު
08 އޮކްޓޯބަރ 2025 01:33
0

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޓެކްސް އެޕީލް ޓްރައިބުނަލްގެ މެމްބަރެއްގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެންމެ މަތިން މާކްސް ދިން ނަމަވެސް އޭނާއަށް މަޖިލިހުގެ ތަޅުމުން ނޫނެކޭ ބުނެފިއެވެ.

މަޖިލީހުގެ ކޮމިޓީން ހުށަހެޅި ލިސްޓުގައި މަހާޒު ހިމެނިވަޑައިގަތީ އެންމެ މަތިން މާކްސް ލިބިވަޑައިގެން، މި މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން ވޯޓަށް އެހުމުން، ތާއީދު ނުލިބި މަހާޒް އެ މަގާމަށް އައްޔަން ނުކުރުމަށް ވަނީ ފާސްކޮށްފައެވެ. މި ނިންމުން މަޖިލީހުން ނިންމަވާފައިވަނީ މިއަދު ބޭއްވި ޖަލްސާގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.