ކޯޓުތަކުގެ ބަޖެޓަށް 100 މިލިއަން އިތުރުކުރަނީ

ކޯޓުތަކުގެ ބަޖެޓަށް 100 މިލިއަން އިތުރުކުރަނީ

Author
ޙަސަން މުޙައްމަދު
08 އޮކްޓޯބަރ 2025 08:36
0

ކޯޓުތަކުގެ ދާއިރާއަށް އަންނަ އަހަރު ދޭ ބަޖެޓް 660 މިލިއަން ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއީ މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު 100 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އައްޑޫ މަހިބަދޫގައި ރޭ ބޭއްވި ރައްޔިތުންނާ ބައްދަލުކުރުމުގައި ރައީސް ވިދާޅުވީ، ޖުޑީޝަރީ މިނިވަން ކޮށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ތެރެއަށް ހުރިހާ ބާރުތަކެއް ގެންގޮސް ކޯޓުތަކުގައި ތަޅު އެޅުވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކޮށް، ކޯޓުތަކަށް ލިބެންޖެހޭ ހަގީގީ ބާރުތައް ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން ކޯޓުތަކުގެ ހުކުމްތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އިންސާފުވެރިކަމާއެކު އަދުލުވެރި ގޮތުގައި މަސައްކަތްކުރުމަށް ސަރުކާރުން ފަސޭހަކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.