އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތުމަތު ޒާޔާގެ މޯބައިލް ފޯނު ފުލުހުން އަތުލައިގަނެފިއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ފޯނު ހިފަހައްޓާފައިވަނީ، އޭނާ މިއަދު ހަވީރު ދަރިފުޅު ގޮވައިގެން މާލޭގެ ކްލިނިކަކަށް ވަންނަން ދަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މި ފިޔަވަޅު އެޅީ ސޯޝަލް މީޑިއާގައި ފުލުހުންނަށް ނިސްބަތްވާ ގޮތަށް އެއްޗެއް ލިޔެގެން ކަމަށެވެ. ޒާޔާގެ ފޭސްބުކް ޕޯސްޓެއްގައި މިދިޔަ ހަފުތާގައި ލިޔެފައިވަނީ "17 ނޮވެމްބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރު ކުރަން ފަށައިފިން" ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަނީ ވައްކަމާ ޚިޔާނާތާ ބެހޭ ފުލުހުންގެ ޑިޕާޓްމަންޓުންނެވެ. ފޯނު ހިފާފައިވަނީ 72 ގަޑިއިރުގެ މުއްދަތަކަށް ދޫކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ޒާޔާގެ މޫނަށް ފުލުހުން ޕެޕަރ ސްޕްރޭ ޖެހިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ