ޣައްޒާގައި ސުލްހަ ގެނައުމަށް ހަމާސާއި އިސްރާއީލުން މިސްރުގައި މަޝްވަރާތައް ފަށައިފި

ޣައްޒާގައި ސުލްހަ ގެނައުމަށް ހަމާސާއި އިސްރާއީލުން މިސްރުގައި މަޝްވަރާތައް ފަށައިފި

Author
ހުސައިން
06 އޮކްޓޯބަރ 2025 07:25
0

ޣައްޒާގައި ދެމި އޮތް ހަނގުރާމައަށް ނިމުމެއް ގެނައުމަށް ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު މަޝްވަރާކުރުމަށް މިސްރުގެ ޝާމް އެލް-ޝައިޚްގައި މިއަދު ބައްދަލުވުންތައް ފަށައިފިއެވެ. އެމެރިކާއިން ހުށަހެޅި ސުލްހައިގެ މަގުޗާޓަށް މަޝްވަރާކުރުމަށް ހަމާސްގެ ފަރާތުން އިސްކޮށް މިސްރަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު އިސްރާއީލުން ދިން ހަމަލައިން ސަލާމަތްވި ޚަލީލް އަލް-ހައްޔާއެވެ. އިސްރާއީލުގެ ފަރާތުން ބައިވެރިވާނީ ސްޓްރެޓީޖިކް އެފެއާޒްގެ މިނިސްޓަރު ރޮން ޑާމާއެވެ.

20 ޕޮއިންޓެއްގެ މައްޗަށް ބިނާވެފައިވާ މި މަގުޗާޓުގައި ހަމާސްގެ ބެލުމުގައި ތިބި ހުރިހާ އަސީރުން ދޫކޮށްލުމާއި އިސްރާއީލު ޖަލުގައި ތިބި ފަލަސްޠީނުގެ ހައްޔަރީން ދޫކޮށްލުމާއި ޣައްޒާ ބިމުން އިސްރާއީލު ފައުޖު ފޭބުމާއި ހަމާސްއިން ހަތިޔާރު ބެހެއްޓުން ހިމެނެއެވެ. ދެ ފަރާތުންވެސް މި މަގުޗާޓުގެ ބައެއް ކަންކަމަށް އެއްބަސްވެފައިވާއިރު، އޮކްޓޯބަރު 7، 2023 ގައި ފެށުނު ހަނގުރާމައަށް މާދަމާ ދެ އަހަރު ފުރޭހިނދު ސުލްހަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އެމެރިކާއާއި އަރަބި ޤައުމުތަކުން އުންމީދު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.