މާލޭ އަސުރުމާ ގޯޅީގައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިރޭ 19:11 ހާއިރު ހިނގި މި ހާދިސާގައި ދެ ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެއް ބިދޭސީއަކަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވި ފަރާތަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށާއި، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.


