އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނައުމާ ގުޅޭ ރައްޔިތުންގެ ވޯޓު މިމަހު ފަހުކޮޅު ނަގަނީ

އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނައުމާ ގުޅޭ ރައްޔިތުންގެ ވޯޓު މިމަހު ފަހުކޮޅު ނަގަނީ

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2025 10:20
0

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލުގެންނަން އައްޑޫގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައި، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ނިންމާފައިވެ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށްވެސް މި ވޯޓުގައި ހިމަނާފައިވެ އެވެ.

އެ ރަށްރަށުގެ ރަޖިސްޓްރީގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ހުރިހާ ރައްޔިތުން ބައިވެރިވާ ގޮތަށް މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމައިފައިވަނީ މި މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގަ އެވެ. މީގެއިތުރުން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށްވެސް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.