ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Author
ޙަސަން މުޙައްމަދު
27 ސެޕްޓެމްބަރ 2025 09:00
0

ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ 21 އަހަރުގެ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

މި ހާދިސާ ހިނގީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:45 ގައި ކަމަށް ފުލުހުންގެ ތަރުޖަމާނު ބުންޏެވެ.

ތޫނު އެއްޗަކުން ވައްދައި ޒަހަމްކޮށްލުމުގެ ސަބަބުން އަނިޔާ ލިބުނު އަންހެން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާ ދިން ފަރާތަކީ ކާކުކަން ނުވަތަ މި ހާދިސާ ހިނގި ސަބަބަކީ ކޮބައިކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން ގެންދާ ކަމަށާއި، ތަފްސީލު މައުލޫމާތު ލިބޭނީ ތަހުގީގު ކުރިއަށް ދިއުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.