މީހެއްގެ ހުއްދައެއްނެތި ގައިގައި އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މާފަންނު މަދަރުސާގައި ހުރި ކޯވިޑް ރެޕިޑް ރެސްޕޯންސް ޓީމުގެ ސާމްޕަލް ނަގާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރު އިކްރާމް ޙަސަން ހަމަލާ ދީފައި ނުވާނެކަމަށްބުނެ އޭނާ ފޭސްބުކް ބޭޖްގައި ކޮށްފައިވާ ޕޯސްޓާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ ސާމްޕަލް ނަގަން އުޅުނު ގޮތުން ތެދުވެ އެމީހަގެ އަތް ދުރުކޮށްލައި، ނަން އޮޅުންފިލުވަން އުޅުމަކީ ކޮން ނިޔަތެއްގައިކުރި ކަމެއްކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
މާރާ މާރީއަކީ މީހާގެ ނަފްސަށް ދެވޭ ހަމަލާއަކަށް އެކަނި ނުވާއިރު، އެއްވެސް ހުއްދައެއްނެތި އެއްވެސް މީހެއްގެ ގައިގައި އަތްލުމަކީވެސް ޖިނާއީ ގޮތުން ކުރެވޭ ކުށެއްކަމުގައި މެމްބަރު އުޝާމް ވިދާޅުވި އެވެ.
އެކަމަކު ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި، އެއީ ކޮން ނަމެއް ކިޔާ މީހެއްތޯ ސުވާލު ކުރެއްވި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން. މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް.
އުޝާމް
އިކްރާމްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މަރީ ހިންގަފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް އިކްރާމް މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑީޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.
އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމްއެޗުން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗުން އެކަން ކޮށްދިންކަމަށެވެ. މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން ރޭ އެޗްޕީއޭއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެޗްޕީއޭގެ ބަޔާނުގައިވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގައެވެ. މެމްބަރު އިކްރާގެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުންވަނީ މިމައްސަލަ "ރޯޔަލް ރޭޕް" އަށް ވީހެން ނުވާނެކަމަށް އުންމީދު ކުރާކަމަށެވެ.
ކޮމެންޓު ފޮނުވާ