ފ.ނިލަންދޫގައި ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ފ.ނިލަންދޫގައި ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Author
އަހުމަދު
20 ސެޕްޓެމްބަރ 2025 11:18
0

ފ.ނިލަންދޫގައި ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ނިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު އެރަށަށް ކުރައވްަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައިދެއްވީ ދާހިލީ ވަޒީރު އަލީ އިހްސާން އެވެ.

ނިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއެކު މިހާރު 14 އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އއ.ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައިވެސް ވަނީ ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅެމުންދާ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.