މިރޭ 82 މިނެޓުގެ ފުރިހަމަ ކޭތައެއް ފެނިގެންދާނެ: މައުމޫން

މިރޭ 82 މިނެޓުގެ ފުރިހަމަ ކޭތައެއް ފެނިގެންދާނެ: މައުމޫން

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 05:59
0

މިރޭ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ފެންނާނެ ހަނދުކޭތާ ގުޅިގެން ކުރީގެ ރައީސް މައުމޫން ރައްޔިތުންނަށް މުހިންމު މައުލޫމާތު ހިއްސާކޮށްފިއެވެ. އެކްސް (ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ފާހަގަކުރެއްވީ، މި ޚާއްސަ ތަޖުރިބާ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ފެންނާނެ ކަމަށެވެ.

ރާއްޖޭގެ ގަޑިން ރޭގަނޑު 11:30 އިން ފެށިގެން 82 މިނެޓު ވަންދެން ފުރިހަމަ ހަނދުކޭތައެއްގެ ގޮތުގައި މި މަންޒަރު ފެންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ. މިއީ ރާއްޖެއިން ވަރަށް ސާފުކޮށް ފެންނާނެ ޤުދުރަތީ މަންޒަރެއް ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި މުހިންމު ވަގުތާ ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިރުޝާދު ދީފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން ރޭގަނޑު 8:28 ގައެވެ.

ކޭތަ އެންމެ ފުރިހަމައަށް ހިފާ ވަގުތަކީ ރޭގަނޑު 11:11 ކަމަށާއި، މި ޤުދުރަތީ މަންޒަރު ނިމުމަކަށް އަންނާނީ މެންދަމު 1:55 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް މި ޚާއްސަ ފުރުސަތު ލިބޭ މުހިންމު ރެއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.