ސްޓެލްކޯ އިން ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

ސްޓެލްކޯ އިން ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

Author
އަހުމަދު
04 ސެޕްޓެމްބަރ 2025 09:11
0

ސްޓެލްކޯ އިން ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުންނަށް ޚާއްޞަ ސައިޓް ވިޒިޓެއް އަދި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދަރިވަރުންނަށް އިންޖިނިއަރިންގ ދާއިރާގެ ފުރުޞަތުތައް ތަޢާރަފުކޮށްދިނުމަށް ރާވާފައިވާ ޚާއްޞަ ޕްރޮގްރާމެއް ކަމަށް ސްޓެލްކޯ އިން ހާމަކޮށްފި އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯގެ ތަޖުރިބާކާރު މުވައްޒަފުން ވަނީ ކުންފުނީގެ ތަފާތު ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން ތަފްސީލީ މަޢުލޫމާތު ދަރިވަރުންނާ ހިއްސާކޮށްފަ އެވެ. އަދި ކުންފުނީގައި ކުރިއަށް ގެންދާ އެކިއެކި މަޝްރޫޢުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ފޯރުކޮށްދީފައިވެ އެވެ.

ސްޓެލްކޯ އިން ފާހަގަކުރި ގޮތުގައި މި ޒިޔާރަތުގެ އަސާސީ މަޤްޞަދަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު ދަރިވަރުންނަށް ދައްކުވައިދީ، އެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމެވެ. މިފަދަ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މުސްތަޤުބަލުގެ ކެރިއާ އިންތިޚާބުކުރުމުގައި އެހީތެރިވެދޭ މުހިންމު ފުރުޞަތުތަކެއް ކަމުގައިވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.