އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތަކުގެ އަގަށް ބަދަލުގެންނަނީ

އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތަކުގެ އަގަށް ބަދަލުގެންނަނީ

އެޗްޑީސީން ދެމުންގެންދާ މުނިސިޕަލް ހިދުމަތްތަކުގެ އަގަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ އެކުންފުނިން ދޭ މިނިސިޕަލް ހިދުމަތްތަކުގެ އަގަށް ބަދަލުގެނެސްފައި ވަނީ 2019ވަނަ އަހަރު ޕްލޭނިންގ މިނިސްޓްރީން ގެޒެޓްކުރި "ޢިމާރާތްކުރުމާބެހޭ އިދާރީ ޤަވާއިދު"ގެ ދަށުން ކަމަށެވެ. އަދި ފެބްރުވަރީ 1 ވަނަދުވަހުންފެށިގެން އައު އަގުތަށް ނަގަން ފަށާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން އަލަށް ކަނޑައަޅާފައި ވާ އަގުތަށް:

ކުރެހުން ފާސްވުމަށްފަހު – އަކަމީޓަރަށް 5 ރުފިޔާ
ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅުމަށް – އިދާރީފީ 100 ރުފިޔާ
ގޯތީގެ އިންފާރު ރޭނުމާއި ފައުންޑޭޝަން އެޅުމުގެ ހުއްދައަށްއެދި ހުށަހެޅުމަށް – އިދާރީފީ 100 ރުފިޔާ
ޑިޕޮސިޓްގެ ބާވަތް 1 – ގޯތީގެ ކުރިމަތީ ފުޅާމިނުން ކޮންމެ ފޫޓަކަށް 100 ރުފިޔާ
ޑިޕޮސިޓްގެ ބާވަތް 2 – ކޮނުމަށް ހަމަޖެހިފައިވާ ޖުމްލަ އޭރިއާއިން ކޮންމެ އަކަފޫޓަކަށް 20 ރުފިޔާ

"ޢިމާރާތްކުރުމާބެހޭ އިދާރީ ޤަވާއިދު" އަކީ އިމާރަތްކުރުމުގައި ރައްކާތެރިކަން އިތުރުކުރުމާއި އިމާރާތްކުރުމުގެ ފެންވަރު ބަލާނެ ގޮތްތައް ކަނޑައެޅުމުގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ ހުއްދައާ ގުޅޭގޮތުން ނެގޭ ފީގެ މިންވަރާއި އުސޫލުތައް ކަނޑައަޅާ ގަވައިދެވެ.

އަދި ކުރެހުން ފާސްކުރުރިކަމުގެ ލިއުމާއި އިމާރާތްކުރުމާއި ގުޅިގެން ދޫކުރާ ހުއްދަ ތަކާއި ހުއްދަތައް ބާތިލްކުރުމުގައި އަމަލުކުރަންޖެހޭނެގޮތްތައްވެސް ކަނޑައަޅާފައި ވަނީ މި ގަވާއިދުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *