"ކޮލަމާ" ބޯޓުގެ ކެޕްޓަން މަރުވިކަމަށް ބެލެވެނީ ކަރަންޓުގަ ޖެހިގެން

"ކޮލަމާ" ބޯޓުގެ ކެޕްޓަން މަރުވިކަމަށް ބެލެވެނީ ކަރަންޓުގަ ޖެހިގެން

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2025 09:00
0

ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު ގެއްލުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މިއަދު މެންދުރު 1:15 ގައި އެކެފަރަ ސަރަހައްދުން ބޯޓު ފެނުނުއިރު، ބޯޓުގެ ކެޕްޓަން ކަމުގައިވާ ގއ. ކޮލަމާފުށީ، ދޮންވެލި، އާދަމް ސައީދު (66 އަހަރު) މަރުވެފައިވާކަން ކަށަވަރު ކުރެވިއްޖެއެވެ.

ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި، ރޭގެ ވަގުތެއްގައި ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުން، ކެޕްޓަން އިންޖީނު ރޫމަށް ވަދެފައިވާއިރު، ކަރަންޓުގައި ޖެހިގެން މަރުވި ކަމަށް ބެލެވެއެވެ. ބޯޓު ފެނުނުފަހުން އާދަމް ސައީދު ގއ. ވިލިގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ލ. އަތޮޅުން ރޭ 10:00 ގައި ހުވަދު އަތޮޅަށް ފުރައިގެން ދިޔަ މި ބޯޓު ގެއްލިފައިވާކަން ފާހަގަކުރެވުމުން، އެމްއެންޑީއެފް އިން މިއަދު ހެނދުނު އާންމުންގެ އެހީތެރިކަން ހޯދުމަށް އިއުލާނު ކޮށްފައިވެއެވެ. ކޮލަމާފުށީން ލިބުނު މައުލޫމާތުގައި، އާދަމް ސައީދުގެ އިތުރުން ބޯޓުގައި ތިބީ އެ ބޯޓުގައި މަސައްކަތްކުރާ ފަސް ބިދޭސީން ކަމަށް ބުނެފައިވެއެވެ.

ބޯޓު އޮތީ ރޭންޖު ނުލިބޭ ސަރަހައްދެއްގައި ކަމަށްވާތީ، ދިމާވި ހާދިސާގެ ޚަބަރު އެއްވެސް ފަރާތަކާ ހިއްސާކުރުމުގެ ފުރުޞަތު ނުލިބުނު ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.