އައިލެންޑް އޭވިއޭޝަނަށް މިހާދު، ރިޒްވީ ރީޖަނަލް އެއާޕޯޓްސްއަށް!

އައިލެންޑް އޭވިއޭޝަނަށް މިހާދު، ރިޒްވީ ރީޖަނަލް އެއާޕޯޓްސްއަށް!

Author
ޢަލީ އާދަމް
06 ޖެނުއަރީ 2021 05:30
0

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންއަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ އެ މަގާމުން ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒްވީ އެމަގާމުން ދުރުކުރުމަށްފަހު އައްޔަންކުރައްވަނީ މިދިއަ އަހަރު އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގައި ހުރި ސަރަހައްދީ އެއަރޕޯޓްތަށް ވިޔަފާރި އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުންފުންޏެކެވެ.

ރިޒްވީ ގައުމީ އެއަރލައިނުން ވަކިކުރަން ރައީސް ނިންމެވިކަމުގެ ހަބަރުތައް އައިސްފައި މިވަނި އެ އެއަރލައިންގެ ކުރިމަގާ މެދު އެތައް ބަޔަކު ސުވާލު އުފައްދައި، މެނޭޖިން ޑިރެކްޓަރ ރިޒްވީގެ ގާބިލްކަމާ މެދު ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅުގައިކަން ފާހަގަކޮށްލަވެއެވެ.

ރިޒްވީ ރީޖަނަލް އެއާޕޯޓްސް އަށް ބަދަލުކުރައްވަން ނިންމަވާފައި ވާއިރު، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވަން ނިންމަވާފައި ވަނީ މ.މޮންޓްރިއަލް މުޙައްމަދު މިހާދެވެ. މިހާދު މިހާތަނަށް ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި މިހާދުވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން މިހާދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްކަމާއި އެއާޕޯޓުގެ ބޯޑު މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G Gasim
The guys (males) at IAS must be careful with Mihad's behaviour towards them. Mi bunevunee varugadha baheh kan emmen dhannaathi.