ލޯކަލް ކައުންސިލް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި

Author
އައިޝަތު އަޙްމަދު
29 އޮގަސްޓް 2025 06:57
0

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ އިއުލާނުގައިވެ އެވެ.

އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރާ މީހުންނަކީ އެ ޕާޓީގެ މެންބަރުންނަށް ވާންޖެހޭނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުުގެ މަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުުތުތަކެއް ހަމަވާން ޖެހޭނެ ކަމަށާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުުތުތަކެއް ހަމަވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އެ ޕާޓީއިން ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމުގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރާ ފޯމު ހުށަހަޅަންޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.