ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމާފަ: ރައީސް

ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމާފަ: ރައީސް

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2025 07:33
0

ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ހދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށާއި އެ މަޝްރޫއު ނިމުމާ ހަމައަށް ވެސް މިހާރު ނޮޅިވަރަމްގައި ހުރި ސިއްހީ މަރުޒަކަޒުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން އެތެރެހަށީގެ ޑޮކްޓަރެއް ގެނެސް، އެކްސްރޭ މެޝިނާއި ދަތުގެ ފަރުވާއަށް ބޭނުންވާ ކަންކަމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން ގާއިމުވެގެން އެދަނީ ނޮޅިވަަރަމްގެ އާބާދީއަށް ބޭނުންވާ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.