މާޅޮހުގައި މަރާލި 65 އަހަރުގެ މީހާގެ މަރުގެ މައްސަލައިގައި ތިން ޒުވާނަކު ހައްޔަރު ކޮށްފި

މާޅޮހުގައި މަރާލި 65 އަހަރުގެ މީހާގެ މަރުގެ މައްސަލައިގައި ތިން ޒުވާނަކު ހައްޔަރު ކޮށްފި

Author
ހުސައިން
21 އޮގަސްޓް 2025 10:43
0

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65 އ) މަރާލިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

އެކަން ފުލުހުން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން 3 މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އިތުރު ތަފްސީލު ހާމަ ކުރަމުންދާނެކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ވަނީ ދައްކާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ، ތަހުލީލު ހެދުމަށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އޭނާގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.