ޔާމީންގެ ޕީއެންއެފްގެ "ވޭކް އަޕް" ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި

ޔާމީންގެ ޕީއެންއެފްގެ "ވޭކް އަޕް" ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި

Author
ހުސައިން
15 އޮގަސްޓް 2025 11:18
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ މިހާރު ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާޓީގެ ފަރާތުން ހާމަކޮށްފައިވެއެވެ.

"ވޭކް އަޕް" ގެ ނަމުގައި ބާއްވާ މި މުހިންމު ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ފަރާތުން ބޮޑެތި އިސްތިހާރުތަކެއް ކުރަމުން ގެންދާ ކަމަށް ފާހަގަކުރެވެއެވެ. މި ޖަލްސާގައި ޔާމީން ބައިވެރިވެ ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންއެފްގެ އިސްވެރިން ވަނީ ޔަގީންކޮށްދީފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ޕީއެންއެފް އުފެއްދުމަށްފަހު، ޕާޓީގެ ބައްދަލުވުންތައް ޢާންމުކޮށް ބާއްވަމުން ގެންދަނީ ހ. ދޫވެހީގައި ގާއިމުކޮށްފައިވާ ޕާޓީގެ މައި އޮފީހުގައި ކަން ފާހަގަކުރެވެއެވެ. މި އޮފީހަކީ ޔާމީންގެ އަމިއްލަ ގެއެއްގައި ހަދާފައިވާ ތަނެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތް މި ވަގުތު، ސަރުކާރުގެ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވެފައިވަނީ، ލާމަރުކަޒީ ނިޒާމާއި، ޝަރުޢީ ނިޒާމް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ރައީސް މުއިއްޒު ނަންގާފައިވާ ކަމަށެވެ.

ރައީސް ޔާމިން ގެންދަވަނީ އެކި އެކި ފޯރަމްތަކުގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.