މިއަދު ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ކުންފުނިން ބުނި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމްތައް ވަނީ މަސައްކަތް ފަށާފައެވެ. އަދި ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ކަމަށް ކުންފުނިން ވަނީ ޔަޤީންކަން ދީފައެވެ.
"އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމްތައް މި ވަގުތު މައްސަލަ ހައްލުކުރުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކަރަންޓު ނުލިބި ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް" ސްޓެލްކޯއިން ކޮށްފައިވާ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ