ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި އެވެ.
މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ދީފައިނުވެ އެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓުދީފައިވާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ.
ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.
މިދިޔަ 1 ޖޫންގައި ވެސް މުޅި މާލޭންނާއި ހުޅުމާލޭން ކަރަންޓު ކެނޑުނެވެ. އެ ފަހަރު މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދެވުނީ ހަ ގަޑިއިރެއްހާ އިރު ފަހުންނެވެ.
ކޮމެންޓު ފޮނުވާ