ސައުދީ އަރަބިއާގައި މިހާރު ކުރިޔަށް ގަލްފުގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި، އަރަބި ބައެއް ގައުމުތަކާ ގަތަރާއި ދެމުދު އޮތް ސިޔާސީ މައްސަލަތަކަށް ނިމުން ގެނައުމަށް، ސުލްހައިގެ އެބްސްވުމެއްގައި ސައިކޮށްފައިވާކަމަށް، ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނު ވިދާޅުވެއްޖެއެވެ.
ސައުދީ ވަލީ އަހަދު މިކަން އިއުލާން ކުރައްވާފައިވަނީ، ސައުދީއަށް އެއްބާރުލުންދޭ އަރަބި ގައުމުތަކާއި ގަތަރާއި ދެމެދު، 2017 ވަނައަހަރު އުފެދުނު ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ އުއްމީދު ބޮޑުވެފައި ވަނިކޮށް، ގަލްފުގެ އަރަބި ގައުމުތަކުން، ސައުދީ އަރަބިއާގައި މިހާރު ބާއްވަމުން ގެންދަވާ އެނުއަލް ސަމިޓުގައި، އަންގާރަ ދުވަހުއެވެ.
"މިހާރު މިކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އަލް-އުލާ ސްޓޭޓްމަންޓުގައިވާ ކަންކަމަށް އެއްބަސްވެ، މި ސަމިޓުގައި ސޮއިކުރެވިގެން ދާނެ. އަހަރެމެން އެންމެންވެސް މިއެއްބަސްވަނީ، ގަލްފް، އަރަބި، އިސްލާމީ ގައުމުތަކުގެ އެއްބައިވަނަތަކަމާ އެއްބައެއް ވަންތަކަމަށް،" މިއެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށް އެމެރިކައިންނާއި އަދި ކުވައިތުން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރަމުން، ސައުދީ ވަލީ އަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާނު ވިދާޅުވިއެވެ.
"ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި މައްސަލަތަކުން އަރައިގަތުމަށް، އަދި ވަކީން ޚާއްސަކޮށް އިރާނުގެ ސަރުކާރުން ކުރިޔަށް ގެންދާ ނިއުކްލިއަރ މަޝްރޫޢާއި އަދި ބެލިސްޓިކް މިސައިލް މަޝްރޫއުގެ ސަބުން އަދި އެމީހުންގެ ގެންގުޅެމުން އަންނަ ފަނާކުރަނިވި ސިޔާސަތުން ސަލާމަތްވެ ތިބުމަށްޓަކާ، މި ސަރަހައްދުގެ ކުރިއެރުމާއި އެއްބައިވަންތަ ކަމަށްޓަކާ އިންތިހާއަށް މިވަނީ މަސައްކަތްކުރަން ޖެހިފަ،" އެމްބީއެސް ވިދާޅުވިއެވެ.
ގަލްފު ކޯޕަރޭޝަން ކައުންސިލްގެ 6 މެމްބަރު ގައުމުންވަނީ، ސައުދީގައި މި ސަމިޓް ބާއްވަމުންދާ އަލް-އެލަމާ ސިޓީގެ ނަމުން ނަންދީފައިވާ އަލް-އުލަމާ ޑެކްލަރޭޝަންގައި ސޮއިކޮށްފައެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ޕްރައިމް މިނިސްޓަރ، އަދި ނާއިބްރައީސް، އަދި ދުބާއީގެ ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެފައި ވަނީ، މިސަމިޓަކީ ކުރިޔަށް އެޅުނު ފިޔަވަޅެއްކަމުގައެވެ.
"މިއަދު އަހަރެން، ޖީސީސީ ލީޑަރުންނާއެކު، އަލް-އުލަމާ ސަމިޓްގައި ބައިެވރިވިން. މިއީ، ރަސްގެފާނު ސަލްމާންއާއި އަދި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ގިޔާދަތުގައި ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމްކުރުމަށް ހުޅުވުގެންދިޔަ ދޮރެއް. އަހަރެމެންގެ ވަށައިގެންވާ ޚިޔާލުތަފާތު ވުންތަކާއި އަދި ގޮންޖެހުންތަކުގެ ސަބަބުން، ގަލްފުގެ ގައުމުތައް އެކަތިގަޑަކަށްވުމުގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައި،" އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
شاركت اليوم في قمة العلا لقادة دول مجلس التعاون..قمة إيجابية.. موحدة للصف..مرسخة للإخوة برعاية أخي خادم الحرمين الشريفين وولي عهده الأمير محمد بن سلمان ..المتغيرات والتحديات المحيطة بنا تتطلب قوة وتماسك وتعاون خليجي حقيقي وعمق عربي مستقر . pic.twitter.com/axndY13uNu
— HH Sheikh Mohammed (@HHShkMohd) January 5, 2021
އަރަބި ގައުމުތަކުގެ މެދުގައި ސޮއިކޮށްފައިވާ މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައުލޫމާތު އަދި މީޑިއާތަކާ ހަމައަށް ތިލަވެފައި ނުވިނަމަވެސް، އެއްބަސްވުމަކަށް އަންނާނެކަމުގެ އުއްމީދު އެންމެ ފުރަތަމަ އާވެގެންއައީ، ސަމިޓް ބޭވުމުގެ ކުރީ ރޭގައި، ސައުދީ އަރަބިއާއިން، އެގައުމުގެ ބޯޑަރު އެއްވެސް ޝަރުތަކާ ނުލާ ގަތަރަށް ހުޅުވާލާނެކަން އިއުލާން ކުރެއްވި ހިސާބުންނެވެ.
2017 ވަނަ އަހަރުގެ ޖޫންމަހު، ސައުދީ އަރަބިއާ، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ބަހުރެއިނުންވަނީ، ގަތަރާއެކީ އޮތް ސިޔާސީ ގުޅުން ކަޑާލާ، އެއްގަމު މަގުންނާއި، ކަނޑު މަގުންނާއި އަދި ވައިގެ މަގުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
މިގައުމުތަކުން އޭރު ތުހުމަތު ކޮށްފައިވަނީ، ގަތަރުން އިރާނާއެކީ ތަފާތު ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަމަށާއި އަދި އެގައުމުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމުގައެވެ.
މި ގައުމުތަކާއެކު، ރާއްޖެއިންވެސް ވަނީ ގަތަރާއެކު އޭރުއޮތް ސިޔާސީ ގުޅުން ކަޑާލާފައެވެ. އަދި އެއަށްފަހު، ރަސްމީ ހައިސިއްޔަތުން ގަތަރުން ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ