ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ 43 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ 43 ޕަސެންޓް އިތުރުވެއްޖެ

Author
ހުސައިން
03 އޮގަސްޓް 2025 01:47
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިޢުކުރި ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ހޯދި އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަކީ މަހުގެ ބާވަތްތަކެވެ. މި އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީއަށް ބަލާއިރު، ޖަނަވަރީ މަހު 8.6 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، ފެބްރުއަރީ މަހު 13.3 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މާރިޗު މަހު ލިބުނީ 12.4 މިލިޔަން ޑޮލަރެވެ. އެޕްރީލް މަހު މި އަދަދު 18.2 މިލިޔަން ޑޮލަރަށް އަރައި، އެންމެ މަތީ އަދަދު ރެކޯޑްކޮށްފައިވެއެވެ. މެއި މަހު 11.2 މިލިޔަން ޑޮލަރު ލިބުނުއިރު، ޖޫން މަހު ލިބުނީ 10.8 މިލިޔަން ޑޮލަރެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ، މި އަހަރު އެކްސްޕޯޓްކުރި މަހުގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.