އިސްރާއީލުން ހަނގުރާމަ ހުއްޓާ ނުލައިފިނަމަ، އިނގިރޭސިވިލާތުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލަން ކޮށްފި

އިސްރާއީލުން ހަނގުރާމަ ހުއްޓާ ނުލައިފިނަމަ، އިނގިރޭސިވިލާތުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލަން ކޮށްފި

Author
ހުސައިން
29 ޖުލައި 2025 10:12
0

އިސްރާއީލުން ޢައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހި ނުކޮށްފިނަމަ، އިނގިރޭސިވިލާތުން ރަސްމީކޮށް ފަލަސްތީނު ބަލައިގަންނާނެކަން އިއުލަން ކޮށްފިއެވެ.

މިކަން އިއުލާންކޮށް އިނގިރޭސި ބޮޑުވަޒީރުވަނީ އިސްރާއީލަށް 5 ޑިމާންޑެއް ކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އިސްރާއިލުން ހަނގުރާމަ ހުއްޓާލާ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ފަހި ނުކޮށްފިނަމަ އަންނަ ސެޕްޓެމްބަރު އޮންނަ ޔޫއެން ޖެނެރަލް އެސެމްބްލީގައި މަހު ފަލަސްޠީނުގެ ދައުލަތް އިނގިރޭސިވިލާތުން ބަލައިގަންނާނެ ކަމުގައެވެ. މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވީ، ލަނޑުދަނޑިއަކީ "ރައްކާތެރި އަދި ސަލާމަތް" އިސްރާއީލަކާއެކު "މިނިވަން" ފަލަސްޠީނުގެ ދައުލަތެއް ކަމަށެވެ. ނޫސްވެރިންގެ ސުވާލަށް ޖަވާބުދެއްވަމުން، ސްޓާމަރ ވިދާޅުވީ މިއަދުގެ އިޢުލާނަކީ ޣައްޒާގެ "ކެތްނުކުރެވޭ" ހާލަތާއި ދެ ދައުލަތުގެ ހައްލުގެ ފުރުޞަތު "ހަނިވަމުން ދާތީ" ހުރި ކަންބޮޑުވުންތަކާއެކު ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަދި އޭނާ ވިދާޅުވީ މިއީ "ދިގު މުއްދަތެއްގައި" ލޭބަރ ޕާޓީގެ ސިޔާސަތެއް ކަމަށެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.