ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފި

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފި

Author
ހުސައިން
23 ޖުލައި 2025 08:09
0

ނ. ވެލިދޫގައި 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބިން ހިއްކުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ވެލިދޫ ކައުންސިލްގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންފިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ވެލިދޫ ފަޅުން ހިއްކާ ބިން ބޭނުންކުރާނީ އޮޑިދޯނި ބާލައި އެހެލުމަށާއި ފައިބަރު މަސައްކަތް ކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.