ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި

ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި

Author
ހުސައިން
22 ޖުލައި 2025 02:06
0

ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަޑައިގެންދިޔަނަމަވެސް މިހާރު ބައެއް ތަންތަނަށް ކަރަންޓް ދެވިފައިވާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ޓެކްނިކަލް މައްސަލެއް ދިމާވެ ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން މީގެ ގަޑިއިރެއްހާ ކުރިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ދެނެގަނެ ކަރަންޓްގެ ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުން ބައެއް ސަރަހައްދުތަަކަށް ކަަރަންޓްގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ނުދެވި ހުރި ތަންތަނަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށް ބެލެވޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ބައެއް ހިސާބުތަކުން ކަރަންޓް ދިޔައިރު މި ފަހަކުން މިދިޔަ ޖޫންމަހު މާލެ އަދި ހުޅުމާލެ އެއްކޮށް ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ. އެފަހަރު މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުނުއިރު، ވިޔަފާރިތަކަށާއި، ސްކޫލްތަކުގައި ކިޔެވުންވެސް އެދުވަހު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.