މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

Author
ހުސައިން
17 ޖުލައި 2025 11:18
0

ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކުރަންޖެހޭ މުހިންމު ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން އިއުލާނުކޮށްފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދެވޭނީ ހެނދުނު 6:00 އާއި 7:30 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި ކަރަންޓު ކެނޑޭނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މިފަދަ މަސައްކަތްތައް ކުރަންޖެހޭ ސަބަބަކީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ނެޓްވޯކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި މަސައްކަތްތަކަކީ ކުންފުނިން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ކަރަންޓު ކެނޑުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ގުޅިގެން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ޔަޤީންކަން ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.