އދ. އަތޮޅުން ފެށި އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި

އދ. އަތޮޅުން ފެށި އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި

Author
ހުސެއިން
10 ޖުލައި 2025 04:53
0

މިއަދު މެންދުރު 13:15 އިން ފެށިގެން 18:00 އަށް ދެމިގެންދާ ގޮތަށް އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން ބުނަނީ މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް މި ދުވަސްކޮޅު މޫސުން ގޯސްވެ، ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓްއިން ވަނީ ލަފާކޮށްފައެވެ.

އުތުރަށް މޫސުން އެހާ ގޯސްނުވިޔަސް ދޭތެރެ ދޭތެރެއިން ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް މެޓްއިން ބުނެފައި ވެއެވެ. މެޓުން ތަފުސީލުކޮށް ބުނަނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.