ހަނިމާދޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ބީލަމުގެ އުސޫލުން ކުރިއަށް ގެންދިއުމަށް ނަޝީދު ގޮވާލައްވައިފި

ހަނިމާދޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ބީލަމުގެ އުސޫލުން ކުރިއަށް ގެންދިއުމަށް ނަޝީދު ގޮވާލައްވައިފި

ގުޅުންހުރި

ހދ. ހަނިމާދޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމުގައި އެންމެ ރަނގަޅު ގޮތަކީ ހުޅުވާލެވިފައިވާ ބީލަމަކުން ކުރިއަށް ގެންދިއުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ޓެލެގްރާމް ޗެނަލަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އެއާޕޯޓްތަކާއި އެހެނިހެން ވިޔަފާރިތައް ޕްރައިވެޓް ސެކްޓަރުން ހިންގުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި މި ފުރުޞަތު ދިވެހި ނުވަތަ ބޭރު ފަރާތަކަށް ދޭންވީތޯ ނިންމުމުގައި، ސަރުކާރަށް އެންމެ ފައިދާ ބޮޑު އޮފަރ ހުށަހަޅާ ފަރާތެއް ބީލަމުން ހޯދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހަނިމާދޫ އެއާޕޯޓު ހިންގުމަށް ވެސް އެންމެ ރަނގަޅުވާނީ ޓެންޑާކޮށްގެން ބަޔަކު ހޯދުން. އެއާލައިންއަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ދަރަނިތައް އިތުރުކޮށްގެން ލޯން ނަގައިގެން އުޅުމުގެ ބަދަލުގައި، ދައުލަތުގެ އެސެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ ރާއްޖެއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ. ޖީއެމްއާރަށް އެއާޕޯޓް ދިން ނަމަ، ދެ ބިލިޔަން ޑޮލަރުގެ ދަރަންޏެއް ނެތި، އާ އެއާޕޯޓެއް ތަރައްޤީކޮށް 10 އަހަރު ވާނެ ކަމަށާއި، އެގޮތުން ސަރުކާރަށް ލިބޭ ފައިދާ ކުޑައެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަތައް ނަޝީދު ދެއްކެވީ، ތަރައްޤީކޮށް ނިމެން ކައިރިވެފައިވާ ހަނިމާދޫ އެއާޕޯޓް އިންޑިޔާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ކުރީ ރޭ ޕީއެންއެފުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން "ވިއްކާލަން ނިންމާފައިވާ" ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓް ހިމެނޭ ކަމަށާއި، ރައީސް މުއިއްޒު ސިންގަޕޫރުގައި ބައްދަލުކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން ހިމެނޭ ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ